| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 09 December 2005 08:05
<loabivadhivesse@yahoo.com> 2004 rwbcmeTcpes 1
އަޅުގަނޑުމެންނަކީ، މަނިކުފާނާއި މިޞްރު ގްރޫޕުގެ ދޯހަޅި ޕްލޭނެއްގެދަށުން ދިވެހިރާއޖޭގެ މުސްތަޤްބަލްގެ ދީނީ ލީޑަރުންގެ ގޮތުގައި ތައްޔާރުކުރުމަށްޓަކައި މިތަނަށް ފޮނުވި ޠާލިބުންނެވެ.
ނަމަވެސް، މިހާރު މިޖީލުގެ އެއްވެސް ދިވެއްސަކު މިއަޒުހަރުން ކިޔަވައިގެންދާ މީހެއްގެ ފަތުވާއެއް ޤަބޫލެއްނުކުރާނެކަން މަނިކުފާނަށްވެސް އިޙުސާސްކުރެވޭނޭކަމާއިމެދު ޝައްކެއްނެތެވެ. ކުރީގައި ދިވެހި ރައްޔިތުން އަޒުހަރުގެ ޝައިޚުންނަށް ދެމުންގެންދިޔަ ޤަދަރާއި ލޯބި ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ލޮބުވެތި ފަސްގަނޑަށް އެނބުރިގޮސް އުޅެމުން ގެންދާންޖެހޭނީ، ބުޑިސްޓް "ހާމުދުރުން" ދިރިއުޅޭކަހަލަ ދިރިއުޅުމެކެވެ. ޢަމަލީގޮތުން ދުނިޔޭގެ ހުރިހައި އެދުމަކުން ހުސްދުރުވެގެން ތިބިބައެއްކަން ދައްކާދޭން މަޖުބޫރުވާނެއެވެ. މަނިކުފާނާއި ކުރީގެ "މިޞްރު ގްރޫޕަށް" ކުރީގައި ކުރަމުންގެންދިޔަ އިޙުތިރާމާއި ލޯބީގެ ބަދަލުގައި އަޅުގަނޑުމެންގެ މޫނުމައްޗަށް ދިވެހިރައްޔިތުން ކުޅުޖަހާނޭކަން ކަށަވަރެވެ.
ޝައްކެއްނެތްގޮތުގައި، މަނިކުފާނަށާއި ކުރީގެ "މިޞްރު ގްރޫޕަށް" ތިޔަ ދަރަޖައަށް ދާންޖެހުނު ސަބަބު، މަނިކުފާނު މިތަނަށް ދޫކުރައްވާފައި ދިޔަ ޑައިރީގެ ކޮޕީއެއް ދިރާސާކުރުމުން ވަރަށްރަނގަޅަށް ތެދު ޙަޤީޤަތް ހާމަވެއެވެ. ކުރީގެ "މިޞްރު ގްރޫޕް" ޖަމަލުމޮއްގަޑުގައި ޝުރުވާ ކައްކައި ބޮއިހެދުމަށްފަހު "ބަޚުޞީ" ހޯދުމަށްޓަކައި ގުޑުގުޑާއަށް އަފިހުން އަޅައިގެން ބޯންތިބޭ މިޞްރު ފިރިހެނުންނަށް ފޫޅާއި ކަކުލާއި ދެމެދުގެ މަސާޖުކޮށްދޭން ޢާންމުކޮށް ރޭގަޑު ދިއުންވެފައިއޮތީ ވަރަށްމާތް ކަމަކަށެވެ.
މިއަދު އަޅުގަނޑުމެން ވިސްނާލުމުން މިއެނގެނީ، މިތަނަށް އަޅުގަނޑުމެން ތިޔަ ފޮނުއްވީ ރާއްޖެއަށް މުޑުދާރު ޢަމަލުތައް ދަސްކޮށްގެން ގެންދިއުމަށް ފޮނުވި ބައެއްކަމަށެވެ. މިތަނަކީ، ދުނިޔޭގެ ނިސްބަތުން ވަރަށް ދަށްފެންވަރުގެ ތަނެކެވެ. ސަބަބަކީ، މިތަނަކީ، ސައިންސާއި ޓެކްނޮލޮޖީގެގޮތުން 16 ވަނަ ޤަރުނުގައި އޮތްތަނެކެވެ. މިތަނުގައި ހުންނަނީ ފަނޑިތަފޮތްތަކާއި ސިހުރު ހާހޫރައިގެ ފޮތްތަކެކެވެ. މިތަނުގެ ޝައިޚަކަށް ޤައުމެއްގެ ވެރިކަންދޭނީ ހޭލުންތެރިކަންކުޑަ ބައެކެވެ. ބަލަ މިއަދުގެ ދީނީ ޢިލްމުވެރީންނަކީ، ބޮޑަތި ސައިންޓިސްޓުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުންނެވެ. މިފަދަ ޢިލްމުވެރީންނަށް މާތްﷲގެ ކުޅަދުންވަންތަކަން ތަޞައްވަރުކުރެވޭލެއް ތިޔަމުނާފިޤުންތަކަށްވުރެ ހާސްބަޔަށް ބޮޑުވާނޭކަން ކަށަވަރެވެ.
މިތަނަށް މިޞްރުމީހުން ކުޅޭވައްތަރުގެ ފިރިހެންކުޅި ދަސްކުރާން މާތްމަނިކުފާނުގެ ހުރިހައި ބޭފުޅުންނާއި ޒާހިރު ޙުސައިނުގެ ބޭފުޅުންނާއި "ގޭންގުގެ" ހުރިހައި ބޭފުޅުންގެ ދަރީންތައް ފޮނުވުމުގެ ބަދަލުގައި ތިޔަ ފޮނުއްވަވަނީ، މަސްހޫރު އިގިރޭސިވިލާތާއި އެހެނިހެން ޤައުމުތަކުގެ ޔުނިވަރސިޓީތަކަށެވެ. ތިޔަ މަލްޢޫނުގެ ހުރި މުނާފިޤުކަން މިއަދު މިއަޒުރުގައި އުޅޭ ހުރިހައި ދިވެހީންނަށް އެނގި ބޭޒާރުވެއްޖެއެވެ. އަހަރެމެން ހުރިހައި ޠާލިބުންނާއި ޠާލިބާއިން މިތިބީ މިހާރު ދިވެހިރާއްޖޭގެ ރައްޔިތުން ތިޔަ މުނާފިޤުންތަކާއި ދެކޮޅަށްކުރާ މާތް ޖިހާދަށް ފުރިހަމަޔަށް ތާއީދުކުރާ ޙާލުގައެވެ. މާތްﷲ ރާއްޖޭގެ މުޖާހިދުންނަށް ކާމިޔާބާއި ނަޞްރު ދެއްވާށިއެވެ!
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004