| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 09 December 2005 08:06

ސަރުކާރުގެ ބައެއް މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް ހަމަޖެހިފައި ހުންނަނީ

މީހުންނަށް ބިނާކޮށް، ހެދިފައިހުންނަ ޤަވައިދުތަކުގެ މައްޗަކަށް ނޫން.


 2004 urwbcneTcpes 18

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ގިނަ ޤައުމުތަކަށްވުރެ ގިނަ ކަންތައްތައް އާދަޔާ ހިލާފައް ކުރަމުން އަންނަ ޤައުމެކެވެ. މިގޮތުން ސަރުކާރުގެ ވަޒީފަ އަދާކުރަމުން އަންނަ މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް ހަމަޖެހިފައިވަނީ އެމުއައްޒަފަކީ ކާކުތޯބަލާ އޭނާ އަކީ މަނިއްޕުޅެއްތޯ، ރަސްމަތި ބޭފުޅެއްތޯ ނުވަތަ ކުއްޅަވައް، ކާމިނީ، އެންދެރި އަދި މިނޫނަސް ނުފޫޒު ގަދަ އާއިލާ އާއި ގުޅޭ މީހެއްތޯބަލާފައެވެ. މިގޮތުން ތިރީގައި އެވަނީ މިދެންނެވި އުސޫލުގެ މަތިން ހަމަޖެހިފައިވާ ބައެއް ކަންތައްތަކެވެ.

 މޫނިމާގޭ ޒަރީރު މަރުވިއިރު އޭނާއަކީ ސަރުކާރުގެ ވަޒީރެއް ނުވަތަ ސްޓޭޓް މިނިސްޓަރެއްގެވެސް ވަޒީފާގައި ހުރި މީހެއްނޫނެވެ. އެހެންނަމަވެސް އޭނާގެ އަންހެނުން ދުނިޔޭގައި ހުރީތީ ކާރެއްދީ އަދި މަހަކު 3000 ރުފިޔާގެ މުސާރައެއް ހަމަޖައްސައިފައިއެވަނީ ކުއްޅަވައްއާއިލާގެ މީހަކައް ވާތީކަން ކަށަވަރެވެ.

 އެން.އެސް.އެސް.ގެ ޗީފް އޮފް ސްޓާފް މުހަންމަދު ޒާހިރުއަށް ދެ ވެހިކަލް ހަމަޖައްސައިފައި ވަނީ ކޮންއުސޫލަކުންކަމެއް ނޭނގެ. އޭނާގެ އަންހެނުންނާ ދަރީން ދުއްވަން ވަކި ކާރެއް އަދި އޭނާ ދުއްވަން ވަކި ވެހިކަލެއް ހަމަޖައްސައިފައިވަނީ ކީއްވެބާ. އަތޮޅުތަކުގެ ބައެއް އަތޮޅު ހޮސްޕިޓަލަށް އެންބިއުލެންސެއް ނުހޯދިގެން އުޅޭއިރު ޓޫޓޫ ޒާހިރު އާއި އޭނާގެ އާއިލާ ދުއްވަން 2 ވެހިކަލް ހަމަޖެހިފައިވަނީ އޭނާ އަކީ ހާދަ ބާރުގަދަ މީހަކަށް ވީތީދޯއެވެ.

 އިސްތަފާ އިބްރާހިމް މަނިކު އެގްޒެކެޓިވް ޑިރެކްޓަރެއްގޮތުގައި ހުންނައިރު ސަރުކާރުން ކާރެއް ދީފައި އޮންނަނީ ސަރުކާރުގެ މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންނަށްވުރެވެސް އިސްތަފާ މުހިންމު ވީމާދޯ.

 މާލެ އަތޮޅު ގުރައިދޫ ގައި ޙާއްސައެހީއަށް ބޭނުންވާމީހުން ބައިތިއްބާ މަރުކަޒު ހިންގުމާ ހަވާލުވެ ހުރި މާވާގޭ ހުސެއިންދީދީ އަކީ މައުމޫނު ގެ ދައްތަ ސަކީނާ އަބްދުލް ޤައްޔޫމުގެ ދަރިއެއްކަމުގައިވާ ހަފީޒާއާއި އިނދެގެން އުޅޭ މީހެކެވެ. މީނާގެ ނުފޫޒު ގަދަކަމުންނާއި ޙާއްސައެހީއަށް ބޭނުންވާމީހުން ބައިތިއްބާ މަރުކަޒުގައި ތިބޭ ބަލި އަންހެނުންނާއި އަދި އެތާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅުންހިންގާތީއާއި ހުސެއިންދީދީ ބޭނުން މުވައްޒަފުން އެތާގައި ގެންގުޅޭތީ، މިނިސްޓަރ އަނީސާގެ އެދުމަކަށް ރައީސް އޮފީހުން އޭނާ ގޭގައި ބަހައްޓާ މިހާރު އެނާ އަށް ރައީސް މައުމޫނު ޑެޕއުޓީ މިނިސްޓަރަކަށް ދޭ މުސާރައަށް ވުރެ ބޮޑު މުސާރައެއް ހަމަޖައްސައިފައިވެއެވެ. މިހާރު އޭނާ ގޭގައި ހުންނާތީ މަހަކު 10،000 ރުފިޔާއަށްވުރެ ގިނައިން އޭނާއަށްދެއެވެ. މިގޮތައް ހުސެއިންދީދީއަށް ހަމަޖައިސައިދެވޭނެ އެއްވެސް ގާނޫނެއް ނުވަތަ ޤަވައިދެއް ސަރުކާރު ހިންގުމުގައި ހަމަޖެހިފަކައެއް ނުވެއެވެ. މިއީ އަނެއްކާވެސް މައުމޫނުގެ އާއިލާއާއި ގުޅުންހުރި މީހުންނަށް ހަމަޖައްސައިދޭ ޙާއްސަ ކަންތަކުތަކުގެ ތެރެއިން ހަމަޖައްސައިދީފައިވާ ކަމެކެވެ.

 މޫމިނާ އަބްދުލް ޤައްޔޫމް ދަތުރު ކުރުމަށް ތީމުގެއިން ސަރުކާރު ކާރެއް ހަމަޖައްސައިފައިވަނީ ކޮންއުސޫލުން ކަމެއް ނޭނގެ. މިއީ އަނެއްކާވެސް މައުމޫނުގެ އާއިލާއާއި ގުޅުންހުރި މީހުންނަށް ހަމަޖައްސައިދޭ ޙާއްސަ ކަންތަކުތަކުގެ ތެރެއިން ހަމަޖައްސައިދީފައިވާ ކަމެކެވެ.

 ރައްޔިތުންނަށް އިނގޭތަ ތީމުގޭ ބޭނުމަށް 15 ކާރު އޮންނަކަން. އަދި މިކާރުތައް ބެލެހެއްޓުމުގެ ހުރިހާ ޚަރަދުތަކެއްވެސް ކުރަނީ ބައިތުލްމާލުން. އަދި 10 ލޯނޗް ފަހަރުވެސް. މިއީ މައުމޫނާ އޭނާގެ އާއިލާގެ ބޭނުމަށް. 15 ކާރާއި 10 ލޯންޗް ހޯދާ އެ އެއްޗެތި ބޭނުންކުރުމަށް މިޒަމާނުގައި ހިނގާނެ ޚަރަދު ވަރަށް ގިނަ މީހުންނަށް އިގޭނޭ. ހާދަ ބޮޑު ޚަރަދެއްގައިއޭދޯ އަހަރުމެންގެ ވެރިޔާ މި ބަލަހައްޓަންޖެހެނީ. މިއީ އަހަރުމެން ކަހަލަ ކުޑަ ޤައުމެއްގެ ވެރިއަކު ބަލަހައްޓަން ތަންކޮޅެއްބޮޑު ވަރެއް. އަދި އިނގޭތަ މައުމޫނު ޚިދުމަތުގައި ގާތްގަޑަކަށް 250 މުވައްޒަފުން ރެއަކާއި ދުވާލު ހަރަކާތްތެރިވޭ. މައުލޫމާތު ލިބޭގޮތުގައި މައުމޫނާއި އޭނާގެ އާއިލާއާއި، ކާރުތަކާއި، ލޯންޗުފަހަރާއި، އާރަށާއި، ސެކިއުރިޓީ  އާއި، އޭނާގެ ޚިދުމަތުގައި އުޅޭ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓަން އަހަރަކު ގާތް ގަޑަކަށް 150 މިލިއަން ރުފިޔާ ހިނގާކަމައްވޭ. ބައެއް ފަހަރު އަހަރެން ހިތައްއަރަ ހުދު މައުމޫނަށް މިކަން އެނގޭބާވައެވެ.


| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004