| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 26 May 2008 12:45
ޚަބަރު މުރާޖައާ
މިފްކޯ މުސާރައިގެ އޮނިގަނޑުގައި މުވައްޒަފުން ތާށިވެފަ؛ މުވައްޒަފުން އެމްޑީ ދެކެ ރުޅިއައިސް ރަތްވެފަ
27 މޭ 2008
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސްދައުރެއް ފެށުނީއްސުރެ އަދާކުރަމުން އަންނަނީ މިފްކޯއިންނެވެ. ދާދިފަހަކާއި ޖެހެންދެން މުޅި މަސްވެރިކަމުގެ ސިނާއަތު މޮނޮޕޮލައިޒް ކޮށްފައިވަނީ މިފްކޯއިންނެވެ. ދިވެހި އެތަށް ރައްޔިތުންނެއް ވަޒީފާއަދާކުރަމުންދާ މިފްކޯގެ މައްޗަށް އެންމެ ފުރަތަމަ ނުފޫޒު ހިންގާ ލާރިގަނޑު ބަނޑުއަޅާލީ ގޮޅާބޯގެ ވަގު ޅިޔަނު އެންދެރި އިލްޔާހެވެ. އޭގެ ފަހުންވެސް އެތަނުން ރަނގަޅު ފައިދާއެއް ރައްޔިތުންނަށް ލިބުނަކަ ގޮޅާބޯ ނުދެއެވެ. އާދައިގެ ވެރިޔަކު އެތަނަށް އައުމުން ތަނުގެ ކަންތައްތައް ރަނގަޅުވާނެކަމަށް މުވައްޒަފުން ތިބީ ހީކޮއްގެނެވެ. އެކަމަކު މިހާރުގެ މެނޭޖިންގ ޑިރެކްޓަރުވެސް މުވައްޒަފުންނަށް އެދިނީ ހަމަ ބޮޑު ލަނޑެކެވެ.
މުވައްޒަފުންގެ ފިއްތުންތަކުގެ ސަބަބުން، މިފްކޯގެ ޑިރެކްޓަރުންގެ ބޯރޑުންވަނީ މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ކުރީކޮޅު ނިންމާފައެވެ. ނަމަވެސް އަހަރުގެ މެދާ ހިސާބަށް އައި އިރުވެސް މުވައްޒަފުންނަށް ދެމުން އައި މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މުވައްޒަފުން މިކަމާއި ޝަކުވާކޮށް ސަރުކާރުގެ އެކި ފަރާތަކަށް އެމީހުންގެ މައްސަލަް އުފުލުމުން މިފްކޯއިންވަނީ ދާދި މިދާކަށް ދުވަހު މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އާންމުކޮށް އަންގާފައެވެ. ނަމަވެސް މިފަހަރު މުސާރަ ބޮޑުކޮށްފައިވާ އުސޫލަކީ އެއްވެސް ތާކުންތާކު ނުޖެހޭ އުސޫލެއްކަމުން، މުވައްޒަފުން އެކަމުގެ ސަކުވާ އުފުލުމުން މިފްކޯއިންދަނީ ބީރު ކަންފަތެއް ދެމުންނެވެ.
ބޯޓު ފަހަރުގައި އެންމެ ބޮޑު އެއް ޒިންމާ އެއް އޮންނަނީ ޗީފް އިންޖީނިއަރަށެވެ. ނަމަވެސް މުސާރަ ބޮޑުކުރި އިރު ޗީފް އިންޖީނިއަރެއްގެ މުސާރައާއި އެއްވަރަށް ޗީފް ސުކީޕައެއްގެ މުސާރަވެސްވަނީ ބޮޑުކޮށްފައެވެ. ބައިނަލްއަޤުވާމީ މިންގަނޑަށް ބަލާއިރުވެސް މިއީ ހަމަ ޖެހޭކަމެއް ނޫނެވެ. ފަންނީ މީހުންނަށް އެމީހުންގެ މަސައްކަތުގެ ޒިންމާއާއި، މަސްއޫލިއްޔަތާއި އެއްވަރުގެ މުސާރައެއް ދޭންޖެހޭނެއެވެ. މުސާރަ ބޮޑުކުރުމުގައި ގެންގުޅެފައިވާ ކުޅޭކުޅޭ އުސޫލާއި ދެކޮޅަށް މުވައްޒަފުން އަޑު އުފުލުމުން އާދިލްވަނި ކުޑަކުދިން ދައްކާކަހަލަ ވާހަކަތަކެއް ދައްކާފައެވެ. މިގޮތުން ޗީފް އިންޖީނިއަރުންގެ މުސާރަ އެކަށީގެންވާވަރަށް ބޮޑު ނުކުރީ މެނޭޖަރުންގެ މުސާރައާއި އެއްފެންވަރު ނުކުރަން ކަމަށް ހަވީރަށް ދިން އިންޓަރވިއުއެއްގައި އޭނާވަނީ ބުނެފައެވެ.
އާދިލަށް ފަންނީ މީހުންނަށް އިދާރީ ހިންގުންތެރިންނަށްވުރެ ބޮޑެތި މުސާރަތަށް ހަމަޖެހިފަހުންނަ ކަން ނޭންގެނީބާއެވެ؟ ރާއްޖޭގެ ޕައިލެޓެއްގެ މަހު މުސާރައަކީ 60000 ވުރެ ބޮޑު އަދަދެކެެވެ. ނަމަވެސް އެއާރޕޯރޓުގެ މެނޭޖަރުންނަށް އެވަރު ލިބޭހެއްޔެވެ؟
މައްސަލައަކީ ހަމަ ސީދާ ގޮޅާބޯއެވެ. މިހާރުވެސް ގޮޅާބޯގެ ފިރިހެންކުޅި ކޮއްކޮ ހަމީދުގެ އަންހެން ފިރިހެން ދަރި ފާތިން ހުންނަނީ މިޕްކޯގެ މައްޗައް ބާރު ފޯރުވަން (ފިޝަރީޒްގެ ނައިބަކަށް) ހަމަ ޖައްސާފައެވެ. ފާތިން ހަމީދަކީ ރައްޔިތުންނަށް މެދު އިނގިލި ދައްކާ ގާނޫނު ހަދާ މަޖުލީހުގަޔާ، ޚާއްސަ މަޖުލީހުގައި ސީދާ ރައްޔިތުންގެ ކަރުގައި ވާގަނޑު އަޅުވަން ވަކާލާތުކުރާ މީހެކެވެ. މިވަރު މީހަކަށް މިފްކޯގެ މުވައްޒަފުންގެ ކަންތައްތައް ރަނގަޅެއް ނުކުރެވޭނެއެވެ. މީ ހަމަ ހައްތަހާވެސް ގޮޅާބޯޔާ، އޭނާގެ އާއިލާގެ ބަލާވެރިކަމެވެ.
click here to visit kobaaNet
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004