| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 14 July 2009 09:09 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް  
ބޭންކް އޮފް މޯލްޑިވްސްގެ އޮޑިޓް ރިޕޯޓާ ގުޅިގެން، މޯލްޑިވްސް ޕޮލީސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ތަޙުޤީޤަށް، ޖިނާއީ ކޯޓުގެ އިސް ޤާޟީ، ހުރަސްއަޅުއްވަމުން ގެންދަވާތީ، އެމައްސަލަ ތަޙުޤީޤު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމަކުން މިއަދު ނިންމަވައިފި


14 ޖުލައި2009 

ބޭންކް އޮފް މޯލްޑިވްސްގެ 2008ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން، މޯލްޑިވްސް ޕޮލީސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ތަޙުޤީޤަށް، ޖިނާއީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙަންމަދު، ހުރަސްއަޅުއްވަމުން ގެންދަވާތީ، މަކަރާއި ޙީލަތް ހަދާފައި ހުރިކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ސާބިތުވާ ކަމެއްގައި ފުލުހުންގެ ތަޙުޤީޤަށް އޭނާ ހުރަސް އަޅުއްވާ ސަބަބު ބައްލަވައި އެމައްސަލަ ތަޙުޤީޤު ކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމަކުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ބޭންކް އޮފް މޯލްޑިވްސުން 18 ޖަނަވަރީ 2009ގައި ނެރުއްވި އޮޑިޓް ރިޕޯޓުގައި ޤާނޫނާއި ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އެންމެހާ ކަންތައްތައް ތަޙުޤީޤު ކޮށްދެއްވުމަށް 27 ޖަނަވަރީ 2009ގައި ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ދަންނަވާފައިވުމާއެކު، އެތަޙުޤީޤު ކުރިއަށް ގެންދެވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިޚާއްޞަ ބައްދަލުވުމުގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.  



click here to visit kobaaNet


| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004