| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 27 December 2005 11:29
ބަޚުޝް
އާދަމް ޒާހިރު ގެފުޅު ތަޅާލަންދިއުން، އަތާމާ ޢަބްދުއްލަތީފުގެ ނިމުން
22 ޑިސެމްބަރ 2005
މިއުޅޭ އަނިޔާވެރި އާދަމް ޒާހިރަކީ އަތަމާ އައްޅޮގެ ދަނބި ދަރިއެކެވެ. ރޭގަ އެގޭދޮށަށް ރައްޔިތުން އެއްވުމުން އާދަނު ރުޅި އައިއްގެން އެތަނަށް އެތައް ސަތޭކަ ސިފައިން ފޮނުވިއެވެ. އަދި ހާޖީންގެ ބޮލަށް ކަރުނަ ގޭސްޖެހިއެވެ. މީސްތަކުން ދުރައް ނުޖެހިއްޖެނަމަ ގެފުޅު ތަޅަން އިންޒާރު ދިނެވެ.
އަތަމާ ޢަބްދުއްލަތީފަކީ ކާކުކަން ގިނަ ދިވެހިރައްޔިތުންނަށް އެނގޭނެއެވެ. އަމިއްލަ ޚުދުމުޚުތާރުކަމާއި، އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅާފައިވާ މީހެކެވެ. މީސްތަކުންގެ މުދާތައް ނުހައްޤުން ކައިފައިވާ މީހެކެވެ. ނަމަވެސް މާތް ﷲ ވަނީ މީނާ ހަލާކު ކުރެއްވުމުގެ ވަގުތު ޖައްސަވާފައެވެ. ނިކަމެތިވެގެންވާ ގޮތެއްގައި މިނާ ނިމިގެންދާނެއެވެ.
މީގެ ކުރީންވެސް ޙާޖީންނާމެދު މީނާ ގެންގުޅެފައިވަނީ އަނިޔާވެރި ސިޔާސަތެކެވެ. ޙައްޖުގައިވެސް މީހުންނަށް ބަވާ އެއްޗެތިގޮވާ، ނިކަމެތިކޮށް އިހާނެތިކޮށް ހިތައި، އަނިޔާވެރިވެފައިވެއެވެ.
ޙައްޖުގެ ކަންތައްތައްވެސް މީސްތަކުންނަށް އޮޅުވާލާ، ދީނީ ފަތުވާދީ، ޢަޤީދާ ހަލާކުކޮށްފައިވެއެވެ. މިނާ އޭބުނެ، ޢަޒީޒިއްޔާގައި މީހުން ބައިތިއްބާ ، އަދި ޙައްޖުގެ ވާޖިބުތަކާ ޚިލާފަށް މީސްތަކުން ލައްވާ ޙައްޖުކުރުވައެވެ. އަދި މީނާއާއި އޭގައި އުޅޭ ވައްހާބޭ ކިޔުނު މީހަކުވެގެން މީހުން ހިލައުކަން ނޮފޮނުވާ، މި ދެމީހުން ރާވައިގެން ވިޔަފާރިއެއްގެގޮތުން މީސްތަކުން އަތުން ލާރި އަތުލައިގެން އެބައިމީހުން މަތިން ހިލަ އުކާދެއެވެ. އެއީ އެތަނަށް ދިޔައިމާ މަރުވެދާނެ ކަމުގެ އިންޒާރު ދީގެންނެވެ. މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މިއީ މީނާ ކަންތައްކުރާގޮތެވެ.
މީނާގެ ހުރިހާ އަނިޔާވެރިކަމެއްގައި މީނާއަށް ކަށިމާ ޝާކިރުމެން ފަދަ . ނަޖީބުމެން ފަދަ ޚަޞީލަތް ނުބައި މީހުން އެހީތެރިވެއެވެ. މިވެރިކަން ވެއްޓުމުން ދިވެހިރައްޔިތުން މިބައިމީހުންނަށް މިކަމުގެ ބަދަލު ދޭނެއެވެ.
ހައްޖުވެރިންނަށް ދޭ ފޭލިގެ ތަކުންވެސް މީނާ އަށް އެކަނި ޚާއްޞަ ފޭލިގެއެއް ނަގާނެއެވެ. އަދި އެތަނުގައި މީނާ އާއި މީނާ ގެންގުޅޭ ބޮޑީގާޑުންނާއި، އަންހެން ކުދީން ގެންގުޅޭނެއެވެ. އެހެން ޙާއްޖީން ތިބެންޖެހޭނީ އެހެނިހެން ފޭލިގެ ތަކުގައި ފިތިބާރުވެގެން ފިނިތެރޭގައެވެ. މިފަހަރުވެސް ޙައްޖަށް ދާމީހުންނަށް މިކަން ހަމަ ލޮލުން ފެންނާނެއެވެ. މީނާ އަކީ އަނިޔާވެރިކަމުގެ ރަމްޒެކެވެ. މީނާ އަކީ ކުރީގައި އުޅުނު މީހެއްނަމަ، މީނާގެ ވާހަކަ ސަމާވީ ފޮތްތަކުގައި އައީހެވެ.
މަދީނާގައި ކިޔަވަން ތިބޭ ކުދީން ދެކެވެސް ވަރަށް ރުޅި އަންނާނެއެވެ. އެއީ މީނާ ގެ ދީނީ އޮޅުވާލުންތައް އެކުދިން ފަޅާއަރުވާތީއެވެ. ޙަޤީޤަތުގައިވެސް ވަރަށް ގިނަ ކަންތައްތައް އޮޅުވާލައެވެ. ޒުވާން އަންހެންކުދީންނަށް ލާރިދީގެން އެކުދީން ޙައްޖައް ގެންގޮސް މީނާ އެކުދިން ލައްވައި މީނާގެ ތަންތަން މަސާޖުކޮށް ކަންތައް ކުރެއެވެ. ބަދުއަޚުލާޤީ ކަންތައްތައް ވެސް މީނާގެ ޖަމާޢަތުގައި ވަރަށް ބޮޑުވާނެއެވެ.
މީނާގެ ހުރިހާވެސް ބާރަކީ އާދަމް ޒާހިރެވެ. އަދި މައުމޫނެވެ. ކިތައްމެގިނަ ނަމާދާއި ރޯދަ ހިފިޔަސް މުރުތައްދުވެފައިވާ އަތަމާ ޢަބްދުއްލަތީފު މިއީ މައުމޫނުގެ ޢާއިލާއެވެ. މިހެންވެ މިނުފޫޒުގެ ބޭނުން މިބައިމީހުން ހިފަނީ ނަހަމަގޮތުގައެވެ.
ޙައްޖުން އެނބުރި އަންނަ އިރު މީނާ މީސްތަކުންގެ ނަމުގައި ފެނާއި، އަދިވެސް މުދާތައް އެތެރެކޮށް ވިއްކައެވެ. މީނާކޮށްފައިވާ ކަންކަމަކީ ކިޔާދޭން އުދަގޫ ކަންކަމެވެ.
މިއަދު މިވަނީ މައުމޫނުގެ ވެރިކަމާއެކު މީނާގެ ނިމުންވެސް ކައިރިވެފައެވެ. ޙަޤީޤަތުގައިވެސް މިއީ ބިންމަތީގައި ފަސާދަކޮށްފައިވާ ބައެވެ. އާދަމް ޒާހިރޭ ކިއުނު މީހާ އަކީ މީނާގެ ދަނބިދަރިއެކެވެ. މިހެންކަމުން މީނާ ފުއްޕަނީއެވެ. ފުއްޕުމުގެ އިތުރުން މީނަގެ ކާފަދަރީންގެ ގަޔަށް އާދަމް ޒާހިރު އެރުމުގެ ހުއްދަވެސް މީނާވަނީ ދީފައެވެ. އެހާވެސް ނުބައި ނުލަފާ މީހެކެވެ.
މީނާ އަކީ މުސްކުޅި މީހެކެވެ. ދެން މިކަން ނުކުރެވުމުން ހުއްޓާލާނަމަ، މިހުރިހާކަމެއް ނުޖެހޭނެތާއެވެ. ނަމަވެސް ﷲ އިރާދަކުރައްވާފައިވަނީ ނިކަމެތި ނިމުމަކުން މީނާ ނިމި، ފަޟީޙަތްވެ ދިއުމަށެވެ. އޭރުން މަރުމަތީގައި ފަލަ މަންޖެ މީނާ މޭމަތީގައި އަތްކާއްތަން އިންނާނެއެވެ.
ކުރިއަށް އޮތް ހަމަސް ތެރޭ މައުމޫނު ވެރިކަން ވެއްޓޭނެއެވެ.
މައުނޫނާމެދު ޝަރީޢަތްކުރެވޭފަދައިން މީނާ އާމެދު ޝަރީޢައްކުރެވެންވާނެއެވެ. ޙާޖީންނަށް ވަރަށް އަނިޔާވެރި މީހެކެވެ.
މީނާގެ އަންހެނުންނަކީ ވެސް މުސްކުޅިކަންމަތީގައި ހަބޭހަށް ސިނގިރެޓް ބޯ މީހެކެވެ. އަތަމާ މިހެންވެ މީނާ މަތިން ފޫހިވެއެވެ. އަދި ހޮސްޕިޓަލުގައި އުޅޭ ބައެއް ނަރުސްކުދިން ގޮވައިގެން، އުފާކުރެއެވެ. ޙުސައިން ލަތީފު ފިޔަވައި މީނާގެ ހުރިހާ ދަރީންނަކީ އަނިޔާވެރީންނެވެ. ހުސައިންލަތީފަކީ ރަނގަޅު ބޭފުޅެކެވެ. އޭނާގެ މަންމަ އަކީ އެހެން މީހެކެވެ. އަތަމާ ވަނީ އެމީހާއަށްވެސް އިހާނެތިކޮށް ހިތައި، އޭނާ ވަރިކޮށްފައެވެ.
މިއީ އޮގަރު މުޙައްމަދު ހުޅު މެން ފަދަ ބްލޫފިލްމު ކުޅޭ މީހުންނަށް ހުރި ޢިބުރަތެކެވެ. ފޫގަޅައިގެން އޮވެ، މީސްތަކުންގެ އަނބިންނާއެކު ފާޙިޝްކަންތައްތައް ހިނގާފައި ވަނިކޮށް ނަގާފައިވާ ފިލްމުތައް އެބަހުއްޓެވެ. ސިފައިން އަތުގައިވެސް އެބަހުއްޓެވެ. ނަމަވެސް މައްސަލަތައް ނުހިނގައިގެން އުޅެނީ ޔާމީން އާއި އޮގަރޭ އާ އޮންނަ ގުޅުމެއްގެ ސަބަބުންނެވެ. އޮގަރޭ ވިޔަފާރި ކުރަނީ ޔާމީންގެ ފައިސާއިންނެވެ. އޮގަރޭ އަކީވެސް ޙާޖީންނަށް ވަރަށް ބަވާ މީހެކެވެ. މައުމޫނުގެ ވެރިކަން ނިމުމުން މީނާގެ ޝަރީޢަތްވެސް ބާއްވަން ޖެހޭނެއެވެ. އެތައް ބައެއްގެ އަނބީންގެ ޙުރުމަތް ކަނޑާފައިވާ މީހެކެވެ. މީނާގެ މައްޗައް އުފުލޭނެ ދަޢުވާއަކީ އެއީއެވެ.
އަތަމާއަށް އެލިބުނީ އޭނާ ކޮށްފައިވާ ކަންކަމުގެ ނަތީޖާއެވެ.
އޭނާ ކައިފައިވާ ނަހަލާލު ފައިސާގެ ސަޒާއެވެ. އެންމެން މިކަމުން ޢިބުރަތް ލިބިގަންނަންވީއެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އަނިޔާވެރިން ފަޟީޙަތްވެ ނިމެނުން ދަނީއެވެ. މައުމޫނާ އެކު އަދި ދާންޖެހޭ މީހަކު ފިލާ އެބަހުއްޓެވެ. އެއީ މަޢުހަދުގެ ޢަމީދު އިބުރާހީމް ރަޝީދު މޫސާއެވެ. މިއީ އަނިޔާވެރި ޢަމަލު ތަކުގައި އަރާ ހުރި ހަރުކަށި، ޖައްބާރު މީހެކެވެ. ނުހައްޤުން ކުދީން ފެއިލްކުރުވާ އިމްތިހާނު ހޯލުން ނެރެ، ވަރަށް ބޮޑެތި ކަންކަން ކޮއްފައިވާ މީހެކެވެ. މީނާގެ ވާހަކަ ފަހުން އަންނަ ހުއްޓެވެ.
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004