| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 22 June 2008 03:58 

އެއަރޕޯޓު ކަރާޝިބު މުރާޖައާ
ބޮޑެތި ކަޓުނެގުމުގެ ފޭސްތަކާއި މެއިންޓެނަންސް
މަހާސިންތާ


23 މޭ2008

މިފަހަރު އަހަރެން ތިޔަ ކިޔުންތެރިންނާއި އެކުގައި ހިއްސާކޮށްލާހިތްވަނީ މުޅިން ތަފާތު ޚިޔާލް ތަކަކާއި ތަފާތު ޝުޢޫރުތަކެއްގެ މައްޗަށެވެ. އާދެ! މިފަހަރުގެ މަޢުލޫއު އާއި ދޭތެރޭގައި ބައެއް ކިޔުންތެރިންގެ ޚިޔާލް ތަފާތުވެދާނެކަމަށް ހީކުރަމެވެ. އެހެންނަމަވެސް ޚިޔާލަކީ ވަރަށް ތަފާތު އެއްޗެކެވެ. އެއީ މައްސަލައެއްނޫންކަމުގައި ދެކެމެވެ.

މަޢުލޫއު އާއިގެން ކުރިޔަށް ޖެހިލާނަމެވެ. އާދެ! ދިވެހިރާއްޖޭގެ މޫނުމަތިކަމަށްވާ މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކީ ވަރަށް ގިނަ ދިވެހި ދަރިންތަކެއްގެ މިއްނެތް މަސައްކަތުން މިހާ ހިސާބައް ގެނެސްފައިވާ ތަނެއްކަމާއި މެދު ކުޑަވެސް ސައްކެއް ނުކުރަމެވެ.

ރާއްޖޭގެ ޓްއަރިޒަމް އާއި އިގްތިސޯދިއްޔަތުގެ މަށްޗައް ބިނާކޮށް ތަރައްޤީ ކުރުމާއި އެހެނިހެން ބޮޑެތި ހޭދަތައްކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގައިގެން ކުރިމަގު އުޖާލާކުރެވޭތޯ ބަލަމުން ގެންދާތަނެކެވެ. ނަމަވެސް ދުވަހެއް ދުވަހެއް ދަނީ އެއަރޕޯޓުގެ ހާލަތު ދައްވެ، ތަނުންފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ދައްވަމުންނެވެ. މިހެންބުނާއިރު ފުރަތަމަ 1982 ވަނަ އަހަރު އެއަރޕޯޓު ހުޅުވިއިރު ހަދާފައި ހުރި ޓާމިނަލް އަށް ވުރެވެސް ތަރައްޤީގެ އެކިއެކި ފިޔަވަހީގެ ދަށުން ހަދާތަންތަނުގެ ފެންވަރު ދަށްވުމާއި މަސައްކަތުގެ ކޮލިޓީނެތްކަން ކޮންމެ މީހަކުވެސް ހިތުގެ އަޑިން ގަބޫލުކުރަން އެބަޖެހެއެވެ.

ފުރަތަމަ ހެދިފައިވާ ޓާމިނަލްގެ ޖާގައިގެ ދަތިކަމުން އަނެއްކާވެސް ލޯނު އެހީގެ ދަށުން ދެވަނަ ފަހަރަށް ޓާމިނަލް އެއް އަޅަން ޙިޔާލްކޮށް ފޮނިބައިސާ ކަނޑާ ތަންހުންނާނެގޮތުގެ ކުރެހުންތައް ތައްޔާރުކޮށް ރިސޯޓްތަކުގެ އޯނަރުންނާއި، ޓްއަރ އޮޕަރޭޓަރުންނާއި އަދި އެއަރޕޯޓުގެ ދާއިރާގައި މަސައްކަތްކުރާ އެހެން އޯގަނައިޒޭޝަންތަކާއި އެކު މަޝްވަރާކޮށް ޖަލްސާ ބާއްވައި ޓާމިނަލް ހުންނާނޭ ގޮތުގެ ކުރެހުންތައް ދައްކާހެދުނެވެ. އޭގެ 2 ނުވަތަ 3 އަހަރު ފަހުން ޓާމިނަލް ހަދާނިމިގެން އޮޕަރޭޝަނަލް ސާރވިސްއަށް ގެނެސް ޓާމިނަލް ހުޅުވައި ތަނުގެ ޚިދުމަތްދޭން ފަށާފިއެވެ. ކުޑަވެސް ޝައްކެއް ނެތެވެ. ރާއްޖެއަށް މިއަންނަނީ 2 މޫސުމެކެވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. އާދެ! މިފަހަރު މިދިމާވީ ވަރަށްވެސް ދެރަގޮތަކަށެވެ. ހުޅަނގު މޫސުމުގެ ގަދަވަޔާއި ވިއްސާރަ އައިސް ޓާމިނަލްގެ ފުރާޅުގައި ޖެހިއްޖެއެވެ. ކަމަކުދާކަށް ނެތެވެ. ފަހުން މިހެދުނު ޓާމިނަލް އެތެރޭގެ އެކި އެކި އެއަރލައިން އޮފީސްތަކާއި، ޑިއުޓީފްރީ ފިހާރަތަކާއި، ޗެކިންގ ކައުންޓަރ ސަރަހައްދާއި، އެރައިވަލް އަދި ޑިޕާޗަރ ހޯލްފަދަ ތަންތަނަށް މެދުކެނޑުމެއް ނެތި ވާރޭވެހެން ފަށައިފިއެވެ. މިކަންތައް މިގޮތައް ދިމާވުމުން ޓާމިނަލް ބިލްޑިންގ ހެދި ކޮންޓްރެކްޓަރާއި މިވާހަކަތައް ދައްކައި މެއިންޓަނަންސް ޕީރިއަޑްގައި ކުރެވެން އޮތް މަރާމާތުތަކެއް ކޮށްފިޔޯލައެވެ. އެކަމެއް ކުރިކަން އެނގޭނީ ހަމަ ހުރިހާކަމެއް ދަންނަ ބާބަ ޕާޕަ ( ބޮޑުކަޓޭ ) އަށެވެ. އެކަމަކު ހިތާމަޔަކީ މިކަމަށް މިހާތަނަށް އައި އިރުވެސް އެއްވެސް ހައްލެއް ނުހޯދިފައި އޮތްކަމެވެ. މީގެ ލަދުވެތިކަމަކީ ބައިނަލް އަޤްވާމީ ވައިގެ ބަނދަރެއްގެ ޓާމިނަލް އިން ނުފެންނަ ކަހަލަ މަންޒަރުތަކެއްފެނުމެވެ. ( ވާރޭ ވެހޭއިރު ) ޓާމިނަލްގެ އެކިސަރަހައްދުތަކުގައި ކުލަކުލައިގެ ރީތި ބާލިދީތަކެއް ބަހަށްޓާފައި ހުންނަ މަންޒަރެވެ. ފަހަރެއްގައި މީރަގަޅު ކޮންސެޕްޓަކަށްވެސް ވެދާނެތާއެވެ. ހަމަގައިމުވެސް ހަލާކުވެގެން އުކާލެވޭ ސީލިންގ ބޯޑުތަކުން އެއަރޕޯޓުގެ ކޮންމެވެސް ސަރަހައްދެއް ހިއްކޭނެތާއެވެ. އެކަމަކު ހިތާމަޔަކީ މިކަހަލަ ބޮޑެތި މަޝްރޫއުތައް ރާއްޖެ ކަހަލަ ވަޞީލަތް މަދު، ފައިސާގެ ތަނަވަސްކަން ކުޑަ ޤައުމެއްގައި، ޤައުމުގެ އިޤްތިޞޯދިއްޔަތު ބިނާވެފައިވާ ޓްއަރިޒަމް އާއި ގުޅުން ހުރިތަނަކަށް ވާތީވެ، ވަރަށް ފެންވަރު ދަށް ހަޑި މަންޒަރެއްކަމަށް ދެކެމެވެ. ވަކިބައެއްގެ އަންބޮޑި އަށް ބޮޑުކުރަން ހަދައިގެން ދޮގެއްތޯއެވެ. މިކަހަލަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ވަކިބަޔެއްގެ ފައިދާޔަށް ރޭވިގެން ކުރިޔަށް ގެންދިއުމަކީ ރާއްޖެ ކަހަލަ ފަގީރު ޤައުމަކަށް ވަރަށް ބޮޑުދެރަޔަކާއި ހިތާމައެކެވެ. ގިނަފަހަރަށް މިކަހަލަ ކަންތައްތަކުގައި ނަގާ ކިޔާ ބަސްވިކޭނީވެސް ރާއްޖޭން ބޭރުގެ ކޮންސަލްޓެންޓްގެ މަޤާމުގައި ތިބޭ މީހުންނެވެ. ހަގީގަތުގައި މިފަދަ މަސައްކަތްކުރާ ކުންފުނިތަކަކީ ތަރައްޤީ ވަމުން އަންނަ ކުދިޤައުމުތަކުގައި "ބޯވަ"އެއްހެން ފައިތައް ތިއްބައިގެން އެޤައުމެއްގެ ބޭތުލްމާލުން ގިނަ ފައިސާ ތަކެއް ހޯދުމުގެ މަށްޗައް ބިނާވެފައިވާ ބައެކެވެ. އަދި ގިނަފަހަރަށް މިވާގޮތަކީ މިކުންފުނިތަކުން، އެއަރޕޯޓްގެ މަސައްކަތްތައް ހިންގާ ބަލަހައްޓާ ބޮޑުކަޓޭމެން ކަހަލަ ކަރަޕްޓް މީހުންގެ ހަތަރެސްފައި ވާނީ "ފައިސާ" އާއި އެކިކަހަލަ އެހީތައް ދީގެން ބަނދެ ހައްޔަރު ކޮށްފައެވެ. އެހެންވުމާއި އެކު ތަނުގައި ކުރެވޭ މަސައްކަތްތައް ކުރާނެގޮތަކަށް ކޮށްފައި ހަދާނެ އެއްޗެއް ހަދާފަ އެބައި މީހުން ރާއްޖެއިން ފުރާއިގެން ދަނީއެވެ. އަދި ނުވީތާކަށް އެބައިމީހުން ގެންގުޅުނު ބާ މެޝިނަރީސްއާއި އެހެނިހެން ސާމާނުތައްވެސް ބޮޑުކަޓޭމެން ފައިސާގެ ދަހިވެތިކަމުގައި ކަޓްޖައްސާފައި އެއަރޕޯޓައް ގަނެ އެކިސަރަހައްދުތަކަށް އުކާލަނީއެވެ. މިކަމުގައި ކޮންބައެއްތޯ ޒިއްމާ އުފުލާނީ؟ އަޅުގަޑުމެންތޯ؟ އަޅުގަޑުމެންގެ ދަރީންތޯ؟ ނޫނީ އަންނަންއޮތް ޖީލު ތޯ؟

ދެން އަނެއްކާވެސް މިވާގޮތަކީ އަނެއް ފޭސް ކިޔާފަ އަނެއް ދިރާސާތައް ކޮށް އަނެއް މަޝްރޫޢުއެއް ފަށަނީ. އެމަޝްރޫޢު ފަށާއިރު ކުރީން ނިމިދިޔަ މަޝްރޫއުގެ މައްސަލަތަކާއި އެހެނިހެން ހުރި ދަތި އުދަގޫ ކަންތައްތައް ދަނީ ފަހަށް ޖެހެމުންނެވެ.

ވީމާ މިކަންތައްތަކާއި މެދު ރާއްޖޭގައިހުރި ކަމާއިބެހޭ މުހިންމު މުވައްސަސާތަކުން އައިސް ބަލާ ޗެކްކޮށް ގޮތެއް ނިންމުމަކީ  އެއަޕޯޓަށާއި މުޅިޤައުމަށް ވަރަށް ފައިދާ ކުރާނެކަމެއްކަމުގައި ދެކެމެވެ.

"ކާ ލައިފިޔޭ! ކާ ލައިފިޔޭ!

    އެއްކޮން އެކީ ދިރުވާ ލައިފިޔޭ!"  

( ނުނިމޭ )



click here to visit kobaaNet


| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004